ބަންދުކުރާ އެމެރިކާގެ 10 އެމްބަސީގެ ތެރޭގައި ރާއްޖޭގައި ހުންނަ އެމްބަސީވެސް ހިމެނޭ

ބަންދުކުރާ އެމެރިކާގެ 10 އެމްބަސީގެ ތެރޭގައި ރާއްޖޭގައި ހުންނަ އެމްބަސީވެސް ހިމެނޭ

ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ބަންދު ކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފިއެވެ.

އެމެރިކާގެ މީޑިޔާތަކުން ބުނެފައި ވަނީ އެގޮތަށް ނިންމީ ރައީސް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން ކަމަށެވެ. މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އެމެރިކާއިން ބޭރުގައި ހުރި އެ ގައުމުގެ 10 އެމްބަސީއެއް މި ސިޔާސަތުގެ ތެރެއިން ބަންދު ކުރާނެއެވެ. އަދި 17 ކޮންސިއުލޭޓް އޮފީހެއްވެސް ބަންދު ކުރާނެއެވެ. މީގެއިތުރުން ޚާރިޖިއްޔާގެ މުވައްޒަފުން މަދު ކުރުންވެސް ހިމެނެއެވެ.

ބަންދު ކުރަން ނިންމާފައިވާ އެމްބަސީތަކުގެ ތެރޭގައި ސެންޓްރަލް އެފްރިކަން ރިޕަބްލިކް، އެރިޓްރިއާ، ގެމްބިއާ، ލެސޯތޯ، ދަ ރިޕަބްލިކް އޮފް ކޮންގޯ، ދެކުނު ސޫދާން، ލަގްޒެމްބޯގާއި، މަލްޓާ، އަދި ދިވެހިރާއްޖޭގެ އެމްބަސީވެސް ހިމެނެއެވެ. ކޮންސިއުލޭޓް ތަކުގެ ތެރޭގައި ފަރަންސޭސިވިލާތުގެ 5 ކޮންސިއުލޭޓަކާއި، ޖަރުމަނުވިލާތުގެ 2 ކޮންސިއުލޭޓާއި، ބޮސްނިއާ ހާޒެގޮވިނާގެ 1 ކޮންސިއުލޭޓް ހިމެނެއެވެ.

އެމެރިކާގެ ސަރުކާރުން މިހާރު މިސްރާބު ހިފާފައިހުރީ ދައުލަތުން ކުރާ ހޭދަ ފަންސާސްއިން ސައްތަ ޚަރަދު ކުޑަކުރުމާދިމާލަށް ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *