ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒުގެ އެންމެ ދުވަހެއްގެ ފަރިއްކޮޅުގެ ޚަރަދަށް 9،000 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ދޮގު ކޮށްފިއެވެ.
ބަޔެއް މީޑިޔާ ތަކުގައި އެ ވާހަކަ އޮތުމުން އެ ވާހަކަ ދޮގު ކުރައްވައި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލް އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުސްވި އޭޕްރީލް މަހުގެ 11 ވަނަ ދުވަހު މުލީއާގޭ ބަޖެޓުން ރައީސްގެ ފަރިއްކޮޅަށް އަގު ބޮޑު ތަކެތި ގަނެ ޖުމްލަ 9000 ރުފިޔާ ޚަރަދު ކުރި ވާހަކައަކީ ދޮގު ކަމަށެވެ. ޓްވީޓާއެކު އިގުބާލު ޝެއާރ ކުރައްވާފައި ވަނީ ތޭރަ އޮންލައިންގެ ޚަބަރެކެވެ.
ބަޔެއް މީޑިޔާ ތަކުގައި ބުނެފައި އޭޕްރީލް 11 ވަނަ ދުވަހު ރައީސްގެ ފަރީއްކޮޅަށް 9000 ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށާއި އެދުވަހު މުލީއާގެއަށް ގަނެފައި ވަނީ ގެރިމަހާއި ޑިނގާ އާއި ކަންބަޅި މަސް ކަމަށެވެ.
އިގުބާލުގެ ޓްވީޓުގައި ވިދާޅުވީ ހަގީގަތާއި ޚިލާފު ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.