އޭސީސީގެ ރައީސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އަޒްމިރަލްދާ އެދިއްޖެ

އޭސީސީގެ ރައީސްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އަޒްމިރަލްދާ އެދިއްޖެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދޭން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ޑރ. އަޒްމިރަލްދާގެ ވަކީލް އިބްރާހީމް ޝަމީލް މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ތަހުގީގެއް ހިންގާ ކަމަށް ބުނެ، އޭސީސީގެ ރައީސް އާދަމް ޝާމިލް ޖޭއެސްސީއަށް މައުލޫމާތު ދެއްވީ ތަހުގީގެއް ހިންގަން ނުފަށަނީސް ކަމަށެވެ. އެހެންވެ ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އަޒްމިލަރްދާގެ ފަރާތުން އެދިވަޑައިގަތީ، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ޖޭއެސްސީއަށް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމުގެ ތުހުމަތާއެކުގައެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފަށާފައިވާއިރު، މި މައްސަލައާއި ގުޅޭ ބަޔެއް އެހެން ކޯޓުތަކުގެ ފަނޑިޔާރުންގެ ބަޔާން ޖޭއެސްސީން ވަނީ ނަގާފައެވެ. ޖޭއެސްސީން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކޮށްފައި ވަނީ އޭސީސީން އެ ފަނޑިޔާރުންގެ މައްސަލަ ބަލަމުން އަންނަ ކަމަށް ޖޭއެސްސީއަށް އެންގުމުންނެވެ. އޭގެތެރޭގައި ފަނޑިޔާރު އަޒްމިރަލްދާވެސް ހިމެނިވަޑައިގަންނަވައެވެ.

އޭރު އޭސީސީން މައްސަލަ ބަލަން ފެށިކަމަށް ބުނެފައި ވަނީ މިހާރު އިސްތިއުފާ ދެއްވާފައިވާ ފަނޑިޔާރު ހުސްނުއްސޫދާއި، ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *