ވެރިރަށް މާލެ ސިޓީގައި މި އަހަރުގެ ފިތުރު ޢީދު ނަމާދު ކުރުމަށް ނިންމާފައިވާ މިސްކިތްތަކާއި ތަންތަން ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީގައި 27 ތަނެއްގައި ޢީދު ނަމާދު ކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ޢީދު ނަމާދު ކުރަން ރާއްޖޭގައި ފަށާނީ ޢީދު ދުވަހުގެ ހެނދުނު 7:00 ގައެވެ.
މާލެ ސިޓީގައި ޢީދު ނަމާދު ކުރާ 27 ތަނެއް ނިންމިއިރު، މާލޭގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރާނީ މާފަންނު ސްޓޭޑިއަމްގައެވެ. ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ކުރާނީ ދެތަނެއްގައެވެ. އެގޮތުން ފޭސް އެކެއްގައި ކުރާނީ ސިންތެޓިކް ޓްރެކްގައެވެ. ފޭސް ދޭއްގައި ބޮޑު ޖަމާއަތުގައި ކުރާނީ ކްރިކެޓް ސްޓޭޑިއަމްގައެވެ.
މިނިސްޓްރީން ބުނީ ވިއްސާރައިގެ ސަބަބުން ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ނުކުރެވޭ ގޮތް ވެއްޖެނަމަ މާލެ ސިޓީގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތަކަށް ޢީދު ނަމާދު ބަދަލުވާނެ ކަމަށެވެެ.
އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ތަންތަން:
- މާފަންނު ސްޓޭޑިއަމް (ބޮޑު ޖަމާއަތް) – މާލެ
- އިސްލާމީ މަރުކަޒު – މާލެ
- މަސްޖިދުލްމަލިކި ސަލްމާން – މާލެ
- މަސްޖިދުލްފުރުގާން – މާލެ
- މަސްޖިދުއްނޫރު – މާލެ
- މަސްޖިދުއް ޝަހީދު އަލީ – މާލެ
- ތައިބާ މިސްކިތް – މާލެ
- ދުބުރި މިސްކިތް – މާލެ
- ފަނޑިޔާރު މިސްކިތް – މާލެ
- ބަންޑާރަ މިސްކިތް – މާލެ
- މަސްޖިދު ސަލާހުއްދީން – މާލެ
- މަސްޖިދު ޖަލާލުއްދީން – މާލެ
- މަސްޖިދު އިބްރާހިމް – މާލެ
- މަސްޖިދު އިސްކަންދަރު – މާލެ
- ވަގުތީ މިސްކިތް (ބޮޑުގެ) – މާލެ
- ރަންމިސްކިތް – މާލެ
- ފައިފުހޭ މިސްކިތް – މާލެ
- މާފަންނު އާ މިސްކިތް – މާލެ
- ވިލިގިލި ބޮޑުޖަމާއަތް (ވިލިގިލި ބޯޅަދަނޑު) – ވިލިމާލެ
- މަސްޖިދުއްސަލާމް ވިލިމާލެ
- ހުޅުމާލެ ބޮޑު ޖަމާއަތް (ސިންތެޓިކް ޓްރެކް) – ހުޅުމާލެ
- މަސްޖިދުއްޝައިހް ގާސިމް ބިން މުހައްމަދު އަލް ޘާނީ (ހުޅުމާލެ ފޭސް 1) – ހުޅުމާލެ
- މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1) – ހުޅުމާލެ
- މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1) – ހުޅުމާލެ
- ހުޅުމާލެ ބޮޑުޖަމާއަތް (ކްރިކެޓް ސްޓޭޑިއަމް) – ހުޅުމާލެ ފޭސް 2
- މަސްޖިދު ހަސަން އާދަމް – ހުޅުމާލެ ފޭސް 2
- މަސްޖިދު އަބީބަކުރިނިއްސިއްދީގު – ހުޅުމާލެ ފޭސް 2