އިތުރު 24 ފަރާތަކުން ގުރުއާން ހިތުދަސްކޮށްފި

އިތުރު 24 ފަރާތަކުން ގުރުއާން ހިތުދަސްކޮށްފި

ގުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލް ކުރެއްވި 24 ހާފިޒަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުން އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވައިފި އެވެ.

ރާއްޖޭގެ ތާރީހުގައި މުޅިން އަލަށް މިރޭ ވަނީ ހާފިޒުންނަށް ހަނދާނީ ލިޔުން ދިނީ ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށް ހަފުލާއެއް ބާއްވައިފަ އެވެ. އެ ހަފުލާ ބާއްވާފައިވަނީ އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން އިސްލާމީ މަރުކަޒުގަ އެވެ.

މިރޭގެ ހަފުލާގައި ރައީސް މުއިއްޒު މެޑަލް އެރުވި ހާފިޒުންގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މި މަހުގެ ނިޔަލަށް ގުރުއާން ހިތުދަސްކުރެއްވި ހާފިޒުންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިވަގުތަށް 250 ކުދިންނަށް ހާފިޒު ކަމުގެ ސަނަދު މިނިސްޓްރީން ދީފައިވާ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭ 1،000 ކުދިން ހާފިޒުންނަށް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *