އަޒްމިރަލްދާ ނުފޫޒު ފޯރުވިކަމަށް ކްރިމިނަލް ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ ބަޔާނަކު ނެތް: ވަކީލުން

އަޒްމިރަލްދާ ނުފޫޒު ފޯރުވިކަމަށް ކްރިމިނަލް ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ ބަޔާނަކު ނެތް: ވަކީލުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، އޭނާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ކުރަން ގޮސް ހުއްޓާ ފުލުހުން ހައްޔަރުކޮށް، އޭނާ ކޯޓަށް ގެންގޮސް މުއްދަތު ޖަހަން އުޅުމުން ކްރިމިނަލް ކޯޓުގެ އެއްވެސް ފަނޑިޔާރަކަށް އަޒްމިރަލްދާގެ ފަރާތުން ނުފޫޒު ފޯރުވި ކަމަށް އެ ކޯޓުގެ އެއްވެސް ފަނޑިޔާރަކު ޖޭއެސްސީއަށް ބަޔާން ދީފައިނުވާ ކަމަށް އަޒްމިރަލްދާގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން މިހާރު ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި އަޒްމިރަލްދާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އުޅުނުކަމުގެ ތުހުމަތުވެސް ހިމެނެއެވެ. ނަމަވެސް އަޒްމިރަލްދާގެ ވަކީލް އިބްރާހިމް ޝާމިލް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ތިން ގާޒީއަކު ޖޭއެސްސީއަށް ބަޔާން ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ގާޒީއަކު، އަޒްމިރަލްދާ ނުފޫޒު ފޯރުވަން އުޅުއްވި ކަމަށް ވިދާޅުވެފައި ނެތް ކަމަށެވެ.

"އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ އެއްވެސް ގާޒީއަކަށް ފަނޑިޔާރު އަޒްމިރަލްދާ އަމިއްލައަށް ވިޔަސް ނުވަތަ އެހެން މީހަކު މެދުވެރިކޮށް ވިޔަސް ގުޅުއްވާފައިނުވާ ކަންވެސް ބަޔާންތަކުން ސާފުކޮށް އެނގެއެވެ. އަދި ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވޭ ފަދަ ވާހަކައެއްވެސް އެއްވެސް ގާޒީއަކު ދައްކަވާފައިނުވެއެވެ." ބަޔާނުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *