އެމްއެމްއޭގެ ޑެޕިއުޓި ގަވަރުނަރު އިސްތިއުފާ ދެއްވައިފި

އެމްއެމްއޭގެ ޑެޕިއުޓި ގަވަރުނަރު އިސްތިއުފާ ދެއްވައިފި

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ކަމުގައި ހުންނެވި އަހްމަދު އިމާދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިމާދުގެ އިސްތިއުފާ މިއައި އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުންވެސް މަސައްކަތް ފަށާފައި ވަނިކޮށެވެ. މަޖިލީހުން އޭނާ ވަކިކުރުމުގެ މަސައްކަތް ފެށީ، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ހުންނެވިއިރު ގާނޫނުން މަތިވެފައިވާ ޒިންމާތައް އޭރު އަދާކުރުމުގައި އިމާދު ވެސް އެކަށީގެންވާ ވަރަށް އަމަލު ކުރައްވާފައި ނުވާކަމަށް ބުނެވެއެވެ.

އިމާދު އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ އެމްއެމްއޭގެ ގަވަރުނަރު ކަމުގައި ހުންނަވަން ލިބުނު ފުރުސަތަކީ ޝަރަފެއް ކަމަށެވެ. އަދި މުހިންމު މަސައްކަތް ތަކެއް މަރުކަޒީ ބޭންކުގައި ކުރެވުނު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *