75 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމް ކުރަން ހަވާލުކޮށްފި

75 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމް ކުރަން ހަވާލުކޮށްފި

ރާއްޖޭގެ 75 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިޔަށްގެންދާ "މަގޭ ސާފުރާއްޖެ ޕްރޮގްރާމް" ގެ ތެރެއިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާއެވެ. އެ ތިން ކުންފުންޏަކީ އެމްޓީސީސީ އާއި އާރުޑީސީގެ އިތުރުން ފެނަކައާއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ތިން ކުންފުންޏާ ހަވާލުކުރި 75 ރަށާއިއެކު ޖުމްލަ 109 ރަށެއްގައި ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗާ ޤާއިމު ކުރުމުގެ މަސައްކަތްތައް ހަވާލު ކޮށްފައިވާނެ ކަމަށެވެ. މ

މިނިސްޓްރީން ބުނީ، ރޭވިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ދާނަމަ، މި އަހަރު ފަހު ކުއާޓާގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މަނޭޖްކުރާ މަރުކަޒުތައް ޤާއިމްކޮށް ނިންމާލެވޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *