އައްޑޫ ރައްޔިތުން ކަރަންޓުގެ އަސާސީ ހައްގުން މަހްރޫމް ކޮށްފި، އިހުތިޖާޖު ކުރުން ނޫން ގޮތެއް ނެތް: ނިޒާރު

އައްޑޫ ރައްޔިތުން ކަރަންޓުގެ އަސާސީ ހައްގުން މަހްރޫމް ކޮށްފި، އިހުތިޖާޖު ކުރުން ނޫން ގޮތެއް ނެތް: ނިޒާރު

އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބެންޖެހޭ ކަރަންޓުގެ އަސާސީ ހައްގުން މަހްރޫމް ކޮށްފައިވާ ކަމަށާއި، އެކަމުގައި ސަރުކާރުން ވަނީ އިހުމާލުވެފައި ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާއި ގުޅިގެން ސޯޝަލް މީޑިޔާގައި ނިޒާރު ވިދާޅުވީ، ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދެވޭ އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި 31 ވަނަ މާއްދާއިން ލިބިދެވޭ ހަޅުތާލު ކުރުމުގެ މިނިވަން ކަމުންވެސް އައްޑޫ ރައްޔިތުން މަހްރޫމް ވެފައިވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ އަސާސީ ހައްގު ތަކުން އައްޑޫ ރައްޔިތުން މަހްރޫމް ކުރުމުން ދެން އޮތީ އިހުތިޖާޖު ކުރުން ކަމަށާއި އެނޫން ގޮތެއް ދެން ނެތް ކަމަށެވެ.

"އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓްގެ އަސާސީ ހައްގުން މަހްރޫމުކޮށް އެމައްސަލަ ހައްލު ކުރުމަށް ސަރުކާރު އިހުމާލުވެފައި ވުމާއި އަދި އެމައްސަލަ ހައްލު ކުރުމަށް ކަމާއި ގުޅުން ހުރި މުއައްސަސާ ތަކުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރަމުން ނުދާތީ އައްޑޫ ސީޓިގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގު ލިބި ގަތުމަށް އިހްތިޖާޖް ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ދެކެން." ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ރޯދަ މަސް އައިއިރުވެސް ހައްލުނުވެ ދިގުލާފައިވާތީ އެ ސިޓީގެ ރައްޔިތުން ދަނީ އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *