ފުލުހުން އަތުގައި އޮތް 1700 ރުފިޔާގެ ވެރިފަރާތް ނޭނގިގެން ހޯދަނީ

ފުލުހުން އަތުގައި އޮތް 1700 ރުފިޔާގެ ވެރިފަރާތް ނޭނގިގެން ހޯދަނީ

ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 1700 ރުފިޔާގެ ވެރިފަރާތް ނޭނގިގެން އެމީހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ހޮވައިގެން ގެނެސްފައިވާ 1700 ރުފިޔާގެ ތެރެއިން 1000 ރުފިޔާ ހޮވައިގެން ގެނެސްފައި ވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ކަމަށެވެ. މި 1000 ރުފިޔާ ހޮވާފައި ވަނީ 1 ނަންބަރު ޖެޓީ ކައިރިން ކަމަށްވެސް ފުލުހުން ބުންޏެވެ. 1000 ރުފިޔާ ހޮވާފައި ވަނީ ހުސްވި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

އެހެންކަމުން މި 1000 ރުފިޔާގެ ވެރިފަރާތުން ް 9400053 އަށް ގުޅައި، އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު  ތަކެއްޗާ ހަވާލުވާން ދާންޖެހޭނީ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ކަމަށްވެސް ފުލުހުން ބުންޏެވެ.

ދެން އޮތީ ހޮވައިގެން ގެނެސްފައިވާ 700 ރުފިޔާއެވެ. އެ 700 ރުފިޔާ ހޮވާފައި ވަނީ ހުސްވި ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އައިޖީއެމްއެޗް ކައިރިންނެވެ.  މި 700 ރުފިޔާ އޮތީ މާފަންނު ޕޮލިސް ސްޓޭޝަނުގައި ކަމަށާއި، މި ތަކެތީގެ ވެރިފަރާތުން 9660184 އަށް ގުޅައި، އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ 700 ރުފިޔާއާ ހަވާލުވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *