ބޭރުގައި ކިޔަވާ ކުދިންގެ ޑިސެމްބަރު ފީވެސް އަދި ނުފޮނުވާތީ މިނިސްޓްރީގެ ވެރިން ކޮމިޓީއަށް

ބޭރުގައި ކިޔަވާ ކުދިންގެ ޑިސެމްބަރު ފީވެސް އަދި ނުފޮނުވާތީ މިނިސްޓްރީގެ ވެރިން ކޮމިޓީއަށް

ސަރުކާރު ސްކޯލާޝިޕްތަކުގައި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް، ސަރުކާރުން ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުންނުދާ މައްސަލައިގައި ހަޔާއެޑިޔުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އެންމެ ފަހުން ގެންނެވި ބަދަލާއެކު، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ގެ މަގާމަށް އައްޔަން ކުރައްވާަފައި ވަނީ ކުރިން ހައުސިން މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ހުންނެވި، ޑރ. އަލީ ހައިދަރެވެ.
ރާއްޖޭން ބޭރުގައި ތިބި ކިޔަވާކުދިންނަށް ސަރުކާރުން ފޮނުވަންޖެހޭ ފައިސާ ފޮނުވަމުން ނުދާތީ، އެ މިނިސްޓްރީގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރަން ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު، ވެރިކަންކުރާ ޕީއެންސީގެވެސް މެންބަރު މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ.
އެ މިނިސްޓްރީގެ ބެފުޅުން ކޮމިޓީއަށް ހާޒިރު ކުރަން އިދާރީ މޭޒަށް އަންގަވަމުން އަސްމާ ވިދާޅުވީ، މިދިޔަ ޑިސެމްބަރުމަހު ފީ ދައްކަންޖެހޭ ކުދިންނަށް އަދިވެސް ސަރުކާރުން ފައިސާ ފޮނުވާފައިނުވާ ކަމަށެވެ.
ސަރުކާރުން ކިޔަވާކުދިންނަށް ފޮނުވަންޖެހޭ ފައިސާ ނުފޮނުވާތީ، އެ މައްސަލަ މަޖިލީހުގެން މެންބަރުންނަށް އެ ކުދިންގެ ބެލެނިވެރިން ހުށަހަޅަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *