ޣައްސާން އިންޑިޔާ ސަފީރު އަރިހަށް- މަޝްވަރާކުރީ ދިފާއީ އެއްބާރުލުން ހޯދަން

ޣައްސާން އިންޑިޔާ ސަފީރު އަރިހަށް- މަޝްވަރާކުރީ ދިފާއީ އެއްބާރުލުން ހޯދަން

އިންޑިޔާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު، ބާލަސުބްރަމާނިއަން އަރިހަށް ރާއްޖޭގެ ދިފާއީ ވަޒީރު މުޙަންމަދު ޣައްސާން މައުމޫން ވަޑައިގެން، ދިފާއީ ގޮތުން އެއްބާރުލުން ދިނުމާމެދު މަޝްވަރާ ކުރައްވައިފިއެވެ.

ރާއްޖޭގެ ދިފާއީ ވުޒާރާއިން ބުނީ އިންޑިޔާ ސަފީރު އަރިހަށް ޣައްސާން ކުރެއްވީ އިޙްތިރާމްގެ ޒިޔާރަތެއް ކަމަށެވެ. ބައްދަލުވުމާބެހޭ މާބޮޑު ތަފްސީލެއް ޑިފެންސް މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.

މިނިސްޓަރު ޣައްސާން ވަނީ ދާދިފަހުން އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ. މިމަހުގެ ކުރީކޮޅު ކުރެއްވި އެ ދަތުރުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންހްއާވެސް ބައްދަލު ކުރެއްވިއެވެ. އަދި އިންޑިޔާއާއެކު ދިފާއީ ގޮތުން ކުރިއަށް ދިއުމުގެ މަޝްވަރާތައް ކުރެވި،  ދިވެހި ސިފައިންގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރަން ބޭނުންވާ އާލަތްތައް ފޯރުކޮށްދޭން ވެސް އިންޑިޔާއިން ވަނީ އެއްބަސްވެފައެވެ.

އިންޑިޔާއިން ބުނެފައި ވަނީ ރާއްޖެއަަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ރާއްޖެއަކީ އިންޑިޔާގެ ގާތް އެކުވެރިއެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *