އިންޑިޔާގެ ޑިމޮކްރަސީއަކީ ނަމޫނާއެއްގެ ގޮތުގައި ރާއްޖެއިން ބަލަންޖެހޭ: ޝާހިދު

އިންޑިޔާގެ ޑިމޮކްރަސީއަކީ ނަމޫނާއެއްގެ ގޮތުގައި ރާއްޖެއިން ބަލަންޖެހޭ: ޝާހިދު

އަވައްޓެރި އިންޑިޔާގެ ޑިމޮކްރަސީއަކީ ރާއްޖެއިން ބަލަންޖެހޭ ނަމޫނާ ޑިމޮކްރަސީއެއް ކަމުގައި، އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގެ ތަހުނިޔާ ފޮނުއްވައި ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރަށް ފޮނުއްވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ އިންޑިޔާއަކީ ވަރަށް ގިނަ ކަންކަމުގައި އެއްބައިވަންތައްކަން ދައްކާ ގައުމެއް ކަމަަށެވެ.

"އިންޑިޔާގެ ޑިމޮކްރަސީ ރާއްޖެއިންވެސް ނަމޫނާ އަކަަށް ބަލަންޖެހޭ" ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ، އިންޑިއާއަށް އަބަދުވެސް ތަނަވަސްކަމާއި ކާމިޔާބުތައް ލިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ގައުމުތަކުގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިވެގެން ދިޔުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އިންޑިޔާގެ ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ޖެނުއަރީ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެ އާއި އިންޑިޔާ އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމު ކުރެވިފައި ވަނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *