އޭސީސީއަށް އައްޔަންކުރަން ފޮނުވާފައިވާ ބޭފުޅުންނާ، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު އިންޓަވިއު ކުރިއަށް ގެންދަނީ

އޭސީސީއަށް މެންބަރުން އައްޔަން ކުރަން އަލުން މަޖިލީހަށް ފޮނުވައިފި

އޭސީސީއަށް މެންބަރުން އައްޔަން ކުރަން އަލުން މަޖިލީހަށް ފޮނުވައިފި

އާސިޔާ ގެ ބަދަލުގައި އަބުދުﷲ ނާޝިދު ހިމަނައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދެ މެންބަރުން އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ފަސް މެންބަރުން ތިއްބަވާ، އޭސީސީގެ ނައިބު ރައީސް އަބްދުލްސަލާމާއި މެންބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަންގެ މެންބަރުކަމުގެ ދެ މަގާމު ވަނީ ހުސްވެފައެވެ.

އެކަމާ ގުޅިގެން އޭސީސީގެ ގާނޫނުގައި ވާގޮތުގެ މަތިން ރައީސް މުއިއްޒަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންގެ ގޮތުގައި، އަހުމަދު ނާޝިދު މ. ގޯލްޑަން މޫން، އާއި އާސިޔާ އަޒީމާ ރ. ހުޅުދުއްފާރު ރޯޒްވިލާ، އެ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް އެމަނިކުފާނު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ފޮނުއްވިއެވެ.

އެދުވަހު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެ ދެ ބޭފުޅުން އޭސީސީއަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވި ސިޓިފުޅު އިއްވެވީ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާއެވެ. އެއާއެކު އެ ދެމޭފުޅުންގެ ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވިކަން މަޖިލީހުގެ ރައީސް އިއުލާން ވެސް ކުރެއްވިއެވެ.

ނަމަވެސް އެދުވަހުގެ ޖަލްސާގައި އިއުލާން ކުރެއްވި ދެ ނަމުގެ ތެރެއިން، އާސިޔާގެ ނަން އުނި ކުރައްވައި އޭނާގެ ބަދަލުގައި، އަބުދުﷲ ނާޝިދު ފަސާނާ ރ. އަލިފުށި، އާއި އަހުމަދު ނާޝިދު މއ. ގޯލްޑަން މޫން، އޭސީސީގެ މެންބަރުކަމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދެއްވުމަށްއެދިވަޑައިގެން ރައީސް މުހިއްޒު ވަނީ އަލުން މަޖިލީހަށް ފޮނުއްވައިފައެވެ.

އެ ގެންނެވި ބަދަލާ އެއްގޮތަށް ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވަވައި، އެ ދެބޭފުޅުންގެނަން އިތުރަށް ދިރާސާ ކުުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *