ޒަޚަމްތަކެއް ހުރި މީހަކު ސެނަހިޔާ ހޮސްޕިޓަލް ކައިރިން މިއަދު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލަ މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ޒަޚަމް ތަކަކާ އެކު ފެނުނީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލް ހާމަނުކޮށް ފުލުހުން ބުނީ އެ މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ. އެ މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް އަދި ލިބުނު ގޮތެއްވެސް ހާމައެއް ނުކުރެ އެވެ.