ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން، މި ހަފުތާ ތެރެއިގައި އިންޑިޔާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިންޑިއާގެ ވިއޯން ނޫހުން ބުނެފައިވާ ގޮތުގައި ގައްސާން އިންޑިއާއަށް ވަޑައިގަންނަވަނީ މިމަހުގެ 7-8 އަށެވެ. އެ ނޫހުގައި ބުނެފައި ވަނީ ޣައްސާންގެ މި ދަތުރަކީ ރަސްމީ ދަތުރެއް ނޫނެވެ.
ޣައްސާން، އިންޑިޔާއަށް ވަޑައިމިގަންނަވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު، އިންޑިޔާއަށް ތިން ދުވަހުގެ ރަސްމީ ދަތުރެއް ކުރެއްވުމަށްފަހު މިއަދު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)އަށް ފުރާވަޑައިގެންފައި ވަނިކޮށެވެ.
ޚަލީލު ވަނީ އިންޑިޔާއަށް ވަޑައިގެން އެ ގައުމުގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލު ކުރައްވައިފަ އެވެ. އެ ދަތުރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޚަލީލް ވިދާޅުވެފައިވެ އެވެ.