ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އިންޑިއާއަށް ވަޑައިގެންފި އެވެ.
ހަލީލަކީ މި ފެށުނު އާ އަހަރު އިންޑިއާއަށް ރަސްމީ ދަތުރެއްގައި ވަޑައިގެންނެވި ފުރަތަމަ ފޮރިން މިނިސްޓަރެވެ. މިދިޔަ އޮކްޓޫބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހަލީލް ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިސްޓަރަށް އިންޑިއާއިން މަރުހަބާ ދަންނަވާފައި ވަނީ އެ ގައުމުގެ އެކްސްޓާނަލް މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޕުނީތް އަގްރަވަލް އެވެ. މި ސަރުކާރުގެ ކުރީކޮޅު އިންޑިޔާ އާއި ރާއްޖެއާދެމެދު ގުޅުންތައް ގޯސްވެގެން ދިޔަނަމަވެސް، ފަހަކަށް އައިސް ދެ ގައުމުގެ ގުޅުންތައް ދަނީ ރަނގަޅު ވަމުންނެވެ.