ޕީއެންސީން ރޭ ބޭއްވި ޖަލްސާގެ މައިކުން އަޑު ކެނޑި، ޖަލްސާ ހުއްޓާލަން ޖެހުމުން މައްސަލަ ތަހުހީގު ކުރަނީ

ޕީއެންސީން ރޭ ބޭއްވި ޖަލްސާގެ މައިކުން އަޑު ކެނޑި، ޖަލްސާ ހުއްޓާލަން ޖެހުމުން މައްސަލަ ތަހުހީގު ކުރަނީ

ރޭ ޕީއެންސީން ބޭއްވި ޖަލްސާގެ ވަކި ހިސާބަކުން ޕޯޑިއަމްގައި ހުރި މައިކުން އަޑު ކެނޑި، ޖަލްސާގެ މެދުތެރެއިން ހުއްޓާލަން ޖެހުމާއެކު އެ މައްސަލަ ތަހުހީގު ކުރަމުން އަންނަ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ރޭގެ ޖަލްސާގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އައިފާނު ވާހަކަ ދައްކަވަމުން ދަނިކޮށް މައިކުން އަޑު ކެނޑުމާއި ގުޅިގެން އެ މައްސަލަ ހައްލުވޭތޯ އިރުކޮޅަކު ބެލުމަށްފަހު، ވިލިމާލޭ މެމްބަރު މުހަންމަދު އިސްމާއީލް ޕޯޑިއަމަށް އަރާވަޑައިގެން ވިދާޅުވީ، ޖަލްސާއަށް ވަރަށް ފުރިހަމައަށް އައީ ތައްޔާރު ވަމުންކަމަށާއި، މައިކުތައްވެސް ޓެސްޓުކޮށް ހަދާފައިވާނެ ކަމަށެވެ. ނަމަވެސް ކުއްލި ޓެކްނިކަލް މައްސަލައެއް އައިސް، މައިކުން އަޑު ކެނޑި ޖަލްސާ ހުއްޓާލަން ޖެހުމާއެކު އޭނާ ވިދާޅުވީ މިއީ ދުވަހަކުވެސް ދިމާވި ކަމެއް ނޫން ކަމަށެވެ.

"މިރޭ ދިމާވި މައްސަލަ އަޅުގަނޑުމެންނަށް ބެލިއްޖެ. ކޮންބަޔެއްގެ ކިހިނެއް އައިކަމެއްކަން ބެލިއްޖެ. އަޅުގަނޑުމެން އެކަން ތަހުގީގުކޮށް މާދަމާގެ ވަގުތެއްގައި ތިޔަބޭފުޅުންނަށް ހާމަކޮށްދޭނަން" މުހަންމަދު އިސްމާއީލް ވިދާޅުވިއެވެ.

ޖަލްސާ ހުއްޓާލަން ޖެހުނުއިރު ވާހަކަ ދެއްކެވީ ހަތަރު ވަރަކަށް ބޭފުޅުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *