ހިޔާނާތުގެ ތެރެއިން ބިމާއި ފްލެޓް ދިން ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ އެޗްޑީސީން މިއަދު ރިޕޯޓް ކުރި އެ ހާދިސާގައި ލެޕްޓޮޕްތައް ވަގަށް ނެގީ ހުޅުމާލޭ ފޭސް ދޭއްގައި މިހާރު ހިމެނޭ ފަރުކޮޅުފުށީގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުން ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މި ވަގުތު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ކަމަށްވެސް ބުންޏެވެ.





