އިންޑިއާގެ ދެ މަނަވަރެއް ރާއްޖެ އައިސްފި

އިންޑިއާގެ ދެ މަނަވަރެއް ރާއްޖެ އައިސްފި

އިންޑިއާ ކޯސްޓުގާޑުގެ ދެ މަނަވަރެއް ރާއްޖެއަށް އައިސްފި އެވެ.

އިންޑިއާގެ ކޯސްޓްގާޑުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއަށް އައިސްފައިވަނީ ދެ ކޯސްޓްގާޑު މަނަވަރު "ވޭބަވް" އާއި "އަބިރާޖް" ކަމަށެވެ. އެ ދެ މަނަވަރު ވެސް މާލޭގައި ބަނދަރުކޮށްފައިވާ ކަމަށް އިންޑިއާގެ ކޯސްޓު ގާޑުން ބުންޏެވެ.

ދެ މަނަވަރު ރާއްޖެއަށް އައުމުގެ މަގުސަދަކީ ކަނޑު ތަޣައްޔަރުވިޔަ ނުދިނުމާއި، ސަސްޕިޝަސް އެކްޓިވިޓީ ރިޕޯޓު (އެސްއޭއާރު) އަދި ގާނޫނު ތަންފީޒު ކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއެކު މެރިޓައިމް ދާއިރާއިން އެއްބާރުލުން އިތުރުކުރުން ކަމަށް އިންޑިއާ ކޯސްޓުގާޑުން ބުންޏެވެ.

އަދި ކްރޫއިން ތަމްރީންތަކާއި މަޝްވަރާތަކާއި ކުޅިވަރުތަކުގައި ބައިވެރިވާއިރު، ތިމާވެށީގެ ދާއިރާއިން މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންދަން ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *