މާލެއަށް ފުރި ބޯޓަކުން މީހަކު ގެއްލިގެން ހޯދަނީ

މާލެއަށް ފުރި ބޯޓަކުން މީހަކު ގެއްލިގެން ހޯދަނީ

އައްޑޫ ސިޓީއިން، މާލެއަށް ރޭގެ ވަގުތެއްގައި ފުރި ބޯޓެއްގެ ފަޅުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ، ރޭ ގެއްލުނު ފަޅުވެރިޔާއަކީ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރާޖު ކުމާރެވެ އޭނާ ގެއްލިފައިވާ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރާޖް ކުމާރް ގެއްލުނީ އައްޑޫ ސިޓީއިން ފުރައިގެން މާލެއަށް ދަތުރުކުރި ”ސީމެކްސް“ ބޯޓަކުން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ބޯޓުގައި ނެތްކަން އެނގިފައި ވަނީ އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއާ އަށް މައިލްސްއަށް ކައިރިވެފައި ވަނިކޮށް ކަމަށް ފުލުހުން މައުލޫމާތުދިނެވެ.

ފުލުހުން ބުނީ އެ ބޯޓް ރޭ 11:30 ހާއިރު އައްޑޫ ސިޓީއިން ފުރިއިރު ރާޖް ކުމާރު ބޯޓްގައި ހުރި ކަމަށެވެ. އަދި ރޭ 01:15 ހާއިރު ބޯޓްގެ ކެޕްޓަނާ އޭނާ ވާހަކަ ދެއްކި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ގެއްލުނު މައްސަލަ ފުލުހުން ވެސް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *