ހަތަރު މަހުގެ ކުއްޖެއްގެ މަރުގައި ޝައްކުތަކެއް، ޕޯސްޓްމޯޓަން ހަދަން މާލެ ގެނެސްފި

ހަތަރު މަހުގެ ކުއްޖެއްގެ މަރުގައި ޝައްކުތަކެއް، ޕޯސްޓްމޯޓަން ހަދަން މާލެ ގެނެސްފި

ހަތަރު މަހުގެ ކުއްޖެއްގެ މަރުގައި ޝައްކުތަކެއް އުފެދޭތީ، އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފިއެވެ.

ޕޯސްޓްމޯޓަމް ހަދަން ނިންމީ ކ. ގުރައިދޫ ކުއްޖެއްގެ މަރުގައި ޝައްކު އުފެދުމުންނެވެ. ގުރައިދޫގައި މަރުވި މި ކުއްޖާ މިއަދުގެ ވަގުތެއްގައި މާލެ ގެނެސް މިހާރު ވަނީ ގަލޮޅު ސަހަރާގެ މޯޗަރީއަށް ލައިފައެވެ. ކުއްޖާ މަރުވީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށްވެއެވެ. ކުއްޖާ މަރުވެފައި އޮއްއިރު ނޭފަތުން ލޭ އައިސްފައިވާ ކަމަށްވެއެވެ.

ފުލުހުން ބުނިގޮތުގައި އެ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ރާއްޖޭން ބޭރަށް ފޮނުވަން މިހާރު ވަނީ ނިންމާފައެވެ. ނަމަވެސް ކުއްޖާގެ މަރާމެދު ޝައްކު އުފެދޭ ކަންކަމުގެ އިތުރު ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *