ހައްޔަރުކުރި ޓެކްސީ ޑްރައިވަރުންގެ ބަންދަށް 5 ދުވަސް ޖަހައިފި

ހައްޔަރުކުރި ޓެކްސީ ޑްރައިވަރުންގެ ބަންދަށް 5 ދުވަސް ޖަހައިފި

ރޭ ޓެކްސީ ޑްރައިވަރުން ބޭއްވި އިހުތިޖާޖުގައި ހަރަކާތްތެރިވި ޑްރައިވަރުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ  ތިން ޑްރައިވަރުންގެ ތެރެއިން ދެ ޑްރައިވަރެއްގެ ބަންދު 5 ދުވަހަށް ޖަހައިފިއެވެ.

ފުލުހުން ބުނީ 5 ދުވަހުގެ ބަންދަށް ޖެހީ، މއ. ވިރާހު، މުހައްމަދު ޝާމިން އާއި ލ. ދަނބިދޫ ސަންރޭ، އަހުމަދު ޝަބީން ކަމަށެވެ. ދެން ހައްޔަރުކުރި ހދ. ކުމުންދޫ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދު ވަނީ ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލާފައެވެ. މި ޑްރައިވަރުން ހައްޔަރު ކޮށްފައި ވަނީ ޓެކްސީ ތަކުން މަގު ބްލޮކްކޮށް، އާންމު ދަތުރު ފަތުރަށް ހުރަސް އެޅި ކަމަށް ބުނެއެވެ.

މި އިހުތިޖާޖާއި ގުޅިގެން 22 ޓެކްސީއެއްވެސް ފުލުހުން ވަނީ ޓޯކޮށްފައެވެ.

ޓެކްސީ ޑްރައިވަރުން ހަޅުތާލަށް ނުކުތީ ސަރުކާރުން ޓެކްސީގެ ޚިދުމަތް ފަށާވާހަކަ ބުނުމާއި ގުޅިގެން ކަމަށް ޑްރައިވަރުން ބުނެއެވެ. ޓެކްސީ ޑްރައިވަރުން ބުނަަމުން ދަނީ ޓެކްސީ ޚިދުމަތުގެ ތެރެއަށް ސަރުކާރުން ވަދެއްޖެނަމަ، ޑްރައިވަރުންގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށްވެސް ބޮޑެތި ގެއްލުންތައް ވާނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *