ގުރުއާނުގެ އާޔަތް ތަކަށް ބަދަލު ގެނެސް ޕީއެސްއެމްއިން ދައްކަމުން ދާކަމަށް ބުނެ ކުއްލި މައްސަލައެއް

ގުރުއާނުގެ އާޔަތް ތަކަށް ބަދަލު ގެނެސް ޕީއެސްއެމްއިން ދައްކަމުން ދާކަމަށް ބުނެ ކުއްލި މައްސަލައެއް

ކީރިތި ގުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސްގެން ޕީއެސްއެމްގެ ޗެނަލް ތަކުން ދައްކަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޒާކިރު ވިދާޅުވީ، މި މައްސަލަ ހުށަހެޅުއްވުމުގެ ބޭނުމަކީ ކީރިތި ގުރުއާނުގެ އާޔަތްތަކަށް ބަދަލުގެނެސް، ދައުލަތުގެ މީޑިއާއިން ދައްކަމުން ދާތީ އާއި ތަކުރާރުކޮށް ގާނޫނާ ޚިލާފު ވަމުންދާ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުން ކަމަށެވެ.

އޭނާ ވިދާޅުވީ، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުންކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް ގާނޫނުއަސަސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ކަމަށެވެ.

އެހެންކ ަމުން ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)ގެ ސިޔާސަތުގެ ގޮތުގައި ދީނީ، އިޖްތިމާއީ، ސިޔާސީ، އަދި މިނޫންވެސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭޅުންތެރި، ރައްޔިތެއް ބިނާކުރުމަށް  މަސައްކަތް ކުރުމާއި، ރައްޔިތުންނަށް މުހިންމުވާނެ ބައިނަލްއަގުވާމީ ކަންކަމާއި ގައުމީ ކަންކަމުގެ ހަބަރާއި މައުލޫމާތާއި ކަންކަންނ ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައި ދިނުމަކީ ގާނޫނުގައި ޕީއެސްއެމްގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވީހިނދު ކީރިތި ގުރުއާނުގެ އާޔަތްތަކަށް ބަދަލުގެނެސް ދައުލަތުގެ މީޑިއާ ކަމަށްވާ ޕީއެސްއެމްގެ ޗެނަލް ތަކުން ދައްކަމުން ދާކަން ފާހަގަ ކުރެވިފައިވާތީ އެކަމަކީ މާތްވެގެންވާ އިސްލާމްދީނުގެ އެންމެ ފުރިހަަމަ ފޮތް، އަދި މާތް ރަސްކަނލާނގެ ކަލާމްފުޅަށް އިހާނެތިކޮށް ހިތައި ގަސްތުގައި އެއަށް ބަދަލުގެނެސް، އާޔަތް ތަކުގެ މާނަ އޮޅުވައިލުމަށް ކުރަމުންދާ ނުރައްކާތެރި ކަމެއް،" މައުރޫފް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ވަކި ވަކި ފަރުދުންނަށާއި އެކިއެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަކަން ގާއިމް ކުރުމަކީ ގާނޫނުގެ ދަށުން ޕީއެސްއެމްއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ސިޔާސީ ޕާޓީ ތަކަށް ހަމަހަމަ ކަމާއެކު ފުރުސަތު ދިނުމަށް ލާޒިމް ވާހިނދު އެތަނުގެ ޗެނަލް ތަކުން ފުރުސަތު ދެމުން ގެންދަނީ ހަމައެކަނި ސަރުކާރުގެ ވެރިންނާއި ސަރުކާރުގެ މުވައްޒަފުންނަށާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަަކަށް އެކަނި،" ކުއްލި މައްސަލައިގައިވެއެވެ.

މި ކުއްލި މައްސަލަ ވަނީ މަޖިލިސްއަސް ބަލައިގަނެ ބަހުސްވެސް ފަށައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *