ބުރިޖަށް ނޭރޭ ގޮތަށް މަގު ބަންދުކުރި ޓެކްސީތައް ޓޯކުރަނީ

ބުރިޖަށް ނޭރޭ ގޮތަށް މަގު ބަންދުކުރި ޓެކްސީތައް ޓޯކުރަނީ

ހުޅުމާލެއިން މާލެ އަންނަން އޮންނަ ހައިވޭއަށް އަރާ ސަރަހައްދު ބަންދުކޮށް، އިހުތިޖާޖުކުރި ޓެކްސީ ޑްރައިވަރުންތައް ހައްޔަރުކޮށް ޑްރައިވަރުންގެ ޓެކްސީތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ހައިވޭއަށް އަރަން އޮންނަ މަގު ޓެކްސީ ޑްރައިވަރުން ގޮސް ބަންދު ކުރީ މިރޭ 9:00 ޖަހަން އުޅެނިކޮށެވެ. ނަމަވެސް ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ފުލުހުން ގޮސް އެ ސަރަހައްދު ކޮންޓްރޯލްގެ ދަށަށް ގެންދަން މަސައްކަތް ފެށި އެވެ. އެ މަސައްކަތުގެ ތެރެއިން ފުލުހުން ވަނީ ބައެއް ޓެކްސީ ޑްރައިވަރުން ހައްޔަރުކޮށްފަ އެވެ.

ފުލުހުން ޓެކްސީ ޑްރައިވަރުން ހައްޔަރުކުރަން ފެށުމުން ފުލުހުންނާއި ޓެކްސީ ޑްރައިވަރުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ވަނީ ހިނގައިފަ އެެވެ.

ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިމިވަނީ ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށަން އުޅޭތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *