މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކުގެ އަސްލަކީ މި ސަރުކާރުން ނުފުއްދޭވަރުގެ ވައުދުތައްވުން: ޝާހިދު

މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކުގެ އަސްލަކީ މި ސަރުކާރުން ނުފުއްދޭވަރުގެ ވައުދުތައްވުން: ޝާހިދު

ރާއްޖޭގެ މަސްވެރިންނަށް މިހާރު ދިމާވެފައިވާ ދަތިތަކުގެ އަސްލަކީ މި ސަރުކަރުން ނުފުއްދޭވަރުގެ ވައުދުތައް މަސްވެރިންނަށް ވެފައިވުން ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ މިއަދު ރާއްޖޭގައި ފާހަގަ ކުރަމުންދާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލްމީޑިޔާ މެދުވެރި ކުރައްވައި މަސްވެރިންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.

ޝާހިދު ވިދާޅުވީ، މި ސަރުކާރުން މަސްވެރިކަމުގައި ގެންގުޅެނީ ދޯދިޔާ ސިޔާސަތު ތަކެއް ކަމަށާއި، މިފަދަ ކަންކަމުގެ މައްޗަށް ސަރުކާރެއް ހިންގަން އުޅޭނަމަ، ވާނެގޮތް ފެންނަމުންދާ ކަމަށެވެ.

"މިއަދު ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކުގެ އަސްލަކީ، މިސަރުކާރުގެ ދޯދިޔާ ސިޔާސަތުތައް، ނުފުއްދޭ ވަރުގެ ވައުދުތައް، މިކަންކަމުގެ މައްޗަށް ސަރުކާރެއް ހިންގަން އުޅެން ފެށީމާ ވާނެ ގޮތް އަޅުގަނޑުމެންނަށް މި ފެންނަމުން ދަނީ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ސަރުކާރުން މަސްވެރިންނަށް ދޭން ހުރި ހުރިހާ ފައިސާއެއް ދުވަހުން ދުވަހަށް ދޭންޖެހޭނެ ކަމަށެވެ.

"މަސްވެރި އާއިލާތައް ބިކަކޮށެއް ނުލެވޭނެ. އެއީ ދިވެހި ލޮބުވެތި ރައްޔިތުންގެ ބައެއް، ރައްޔިތުންނަށް އަނިޔާވެރިއެއް ނުވެވޭނެ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ މެސެޖުގައި ވަނީ މަސްވެރިންނަށް ޙައްގުވާ މިންވަރު މަސްވެރިންނަށް ދިނުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *