ހުޅުމާލެ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އެ މީހާ ފެނުނީ ހުޅުމާލެ ފަޔާ ސްޓޭޝަންއާ ދިމާލުން ފަޅު ތެރޭގައި ހަބަރު ހުސްވެފައި އޮއްވާ ކަމަށެވެ.
އަދި އޭނާ ހުޅުމާލެ ހޮސްޕިޓަަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މަރުވީ އަންހެނެއް ކަމެއް ފިރިހެނެއް ކަމެއް ވެސް ސާފެއް ނުވެއެވެ.






