ޕީއެންސީގެ އިންތިޚާބު- ވޯޓުލުމުގެ ހައްގު 35،000 މީހުންނަށް، ވޯޓަކާނުލައި 13،00 މީހުން އިންތިޚާބު ވެއްޖެ

ޕީއެންސީގެ އިންތިޚާބު- ވޯޓުލުމުގެ ހައްގު 35،000 މީހުންނަށް، ވޯޓަކާނުލައި 13،00 މީހުން އިންތިޚާބު ވެއްޖެ

ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިޚާބު މިއަދު ހެނދުނު 10:00 ން ފެށިގެން ކުރިޔަށް އެބަދެއެވެ. މިއަދު މެންދުރުފަހު 14:00 އާ ހަމައަށް ވޯޓުލުން ކުރިޔަށްދާ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 35،000 މެމްބަރުންނަށް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ޕީއެންސީން ބުނީ، މިފަހަރު ވޯޓު ލުމުގެ ހައްގު ލިބިފައިވާ 35،000 މީހުން ވޯޓު ލާނީ ރާއްޖޭގެ 88 ރަށެއްގައި ކަމަށެވެ. ވޯޓުލުމަށް ބަހައްޓާފައި ވަނީ 144 ވޯޓު ފޮށި ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ޕީއެންސީން ދާދިފަހުން ބުނެފައި ވަނީ އެ ޕާޓީގެ މެމްބަރުންގެ އަދަދު 65،000 އަށް އަރައިފި ކަމަށެވެ. ނަމަވެސް، ސޮއިކުރި އެންމެން އިލެކްޝަންސް ކޮމިޝަނުގައި އަދި ރަޖިސްޓްރީ ކުރެވިފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ލިޔުންތަކުން މިވަގުތު ދައްކަނީ ޕީއެންސީގައި ތިބީ 28،983 މެމްބަރުން ކަމަށެވެ.

ޕީއެންސީން ބުނީ ވޯޓުލުން ކުރިޔަށްދާއިރު، ކުރިމަތިލާން އިއުލާނުކުރި 1984 މަގާމުގެ ތެރެއިން، މިހާތަނަށް ވޯޓުލުމަކާއި ނުލައި 13،00 މީހަކު އިންތިޚާބު ވެފައިވާ ކަމަށެވެ. ވޯޓުލުމަކާއި ނުލައި އިންތިޚާބު ވަނީ، އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލާފައި ނެތް މަގާމު ތަކަށެވެ.

ޕީއެންސީ އިން ބުނެފައިވާ ގޮތުން މި އިންތިހާބުގައި ވޯޓުލުން ކުރިޔަށް ދަނީ މާލޭގެ އިތުރުން، ގއ، ގދ، ލ، ތ، މ، ދ، އއ، ކ، ބ، ރ، ނ، ޅ، ށ، އދ، ސ، ޏ، ހއ އަދި ހދ އަތޮޅުގެ ރަށްތަކުގައި ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *