މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްސަލަ ބަލަން ބޭއްވި ކޮމިޓީ ސިއްރު ކޮށްފި

މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްސަލަ ބަލަން ބޭއްވި ކޮމިޓީ ސިއްރު ކޮށްފި

މިނިވަން މުވައްސަސާތައް ކަމަަށްވާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބައެއް މެންބަރުން ވަކިކުރަން ހުށަހެޅި މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

އޭގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުން ހާޒިރުކޮށްގެން މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުންވެް ވަނީ ސިއްރު ކޮށްފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު މަފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ވިދާޅުވީ، އެމްއެމްސީގެ މެމްބަރުންނާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާއި، ސީޓިތަކާބެހޭ ގޮތުން ކޮމިޓީން މިއަދު އެ ކޮމިޝަންގެ މެންބަރުން ކޮމިޓީއަށް ހާޒިރު ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން މިނިވަން ކޮމިޝަންތަކުގެ ބައެއް މެންބަރުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރުުގެ މަސައްކަތްވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކުރިއަށްގެންދާނެ ކަމަށެވެ.

އެހެން ކަމުން އެ މައްސަލަތަކަކީ މަސްލަހަރު ފުށުއަރާ ބައެއްކަހަލަ މައްސަލަތައް ހިމެނޭ ކަމަކަށްވާތީ، އެ މަަސައްކަތްތައް ކުރިއަށް ގެންދާ ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހަޅުއްވައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ތާއީދު ކުރައިގެން ކޮމިޓީ ބައްދަވުވުން ސިއްރު ކުރަން ކޮމިޓީން ފާސްކުރިއެވެ.

މިނިވަން ކޮމިޝަންތަކުގެ މެންބަރުންގެ ތެރެއިން، ސީއެސްސީގެ ރައީސް މުހައްމަދު ނާސިހާއި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދާއި އީސީގެ ނައިބު ރައީސް އަލީ ނަޝާތުއާއި އެ ކޮމިޝަންގެ މެންބަރުން ކަމަށްވާ މުހައްމަދު އާސިފާއި ޑރ. މުހައްމަދު ޒާހިރު މެންބަރުކަމުން ވަކިކުރުމަށް ކޮމިޓީއަށް ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އެ މައްސަލަ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވުމުން، އެ ބޭފުޅުންގެ ނަންތައް މަޖިލިސް ތަޅުމުގައި އިއްވުމަށްފަހު އެ ބޭފުޅުން ވަކިކުރުމުގެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *