ޓެކްސީ ޑްރައިވަރުންނަށް ދެރައެއް ލިބިދާނެ ގޮތަަކަށް ކަންތައް ނުކުރާނަން: އަމީން

ޓެކްސީ ޑްރައިވަރުންނަށް ދެރައެއް ލިބިދާނެ ގޮތަަކަށް ކަންތައް ނުކުރާނަން: އަމީން

ޓެކްސީ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ޓެކްސީ ޑްރައިވަރުންނަށް ދެރައެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިނެއް އުފެއްދުމަށް ސަރުކާރުން އިއުލާންކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް ޓެކްސީގެ ހިދުމަތްތަކާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް އަމީން ވިދާޅުވި އެވެ.

"ވަރަށް ގިނަ ބޭފުޅުންގެ ކޮންސާން އޮންނަ މައްސަލަތަކެއް، މިއީ އާންމު ފަރާތްތަކުން ޓެކްސީ ހޯދަން ބޭނުންވީމަ ނުލިބޭ މައްސަލަ. މިއީ ސެންސިޓިވް އެނަލައިޒިން ފެންނަ ކަންކަން. މާލެ އިން އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދާން [ޓެކްސީ] ނުލިބޭ ކަމަށް، އެކަމަކު [ސިނަމާލެ] ބްރިޖު ހުރަސް ކުރަން އެޕްގައި ޖެހީމާ ޓެކްސީ ލިބޭ ކަމަށް،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންގެ މެމްބަރުން ވެސް އޭނާއާ ބައްދަލުކޮށްފައިވާ ކަަމަށާއި ޑްރައިވަރުންނަށް ގެއްލުން ވާނެ ގޮތަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

"ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނަށް އެ ދުވަހު ވެސް ދިން ޔަގީން ކަމަކީ އެ މީހުންގެ ހިދުމަތާއި އެ މީހުންނަށް ގެއްލުން ވާނެ އެއްވެސް ގޮތަކަށް ސަރުކާރުން ކަމެއް ނުކުރާނެއޭ. އެކަަމަކު ޓްވިސްޓް ކޮށްގެން މިނިސްޓަރު ދެއްވި ޔަގީންކަން އަނބުރާލީއޭ ކިޔައިގެން [ޑްރައިވަރުން ވާހަކަ ދެއްކީ]. މިނިސްޓަރު ދިން ޔަގީންކަން އަނބުރައެއް ނުލަން. މިއަދު ވެސް މި ދަންނަވަނީ އެ ވިޔަފާރީގައި ތިބި މީހުންނަށް އެއްވެސް ދެރަ ކަމެއް ނުކުރާނަމޭ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޓެކްސީ ކުރަނީ އާމްދަނީއެއް ހޯދަން ކަމަށާއި ޑްރައިވަރުންގެ އާމްދަނީ އަށް ގެއްލުން ނުވާނެ ގޮތަށް އެ ނިޒާމު ބައްޓަން ނުކުރެވޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *