ޔާމީން ބިރުގަންނަނީ ފޮށި ފޮށީގައި ހުރި ލާރި ގެނެސް ދައުލަތަށް ޖަމާކޮށްފާނެތީ: ފަލާހު

ޔާމީން ބިރުގަންނަނީ ފޮށި ފޮށީގައި ހުރި ލާރި ގެނެސް ދައުލަތަށް ޖަމާކޮށްފާނެތީ: ފަލާހު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ނަންގަވައިގެން ހުންނެވި ބޭފުޅެއް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިފަދައިން ވިދާޅުވީ، އޭސީސީގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ބަދަލު ގެންނާތީ އެކަމާމެދު ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ ކުރީގެ ރައީސް ޔާމީން އުޅުއްވަނީ، އޭސީސީއަށް އައްޔަންކުރާ ގާބިލު ބޭފުޅުން، "ފޮށި ފޮށީގައި ހުރި ލާރި" ގެނެސް ދައުލަތަށް ޖަމާކޮށްފާނެތީ ބިރުފުޅުން ކަމަށެވެ.

"ރާއްޖޭގެ އެތެރޭގައާއި ރާއްޖެއިން ބޭރުގައި އަދި ގޭގައިވެސް ހުންނާނީ ދެ ބަޔަށް. އެއީ އަނބިކަމަނާގެ ކޮޓަރިކޮޅުގައި ވަކިބައެއް. ފިރިކަލުންގެ ކޮޓަރިކޮޅުގައި ވަކިބައެއް. ދެ ފޮށި ހުންނާނެ. މި އެއްޗިހި ކޮމިޝަން ތަކުން ހޯދަފާނެތީ މި ކަންބޮޑުވަނީ" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، މިހާރު ޕީއެންއެފްގެ ޖަލްސާތައް ބާއްވަމުންދަނީ "ރޭގަނޑަށް ހަ މީހުން ލައިގެން، އެ ހަ މީހުންނަށް މަހު މުސާރަ ދީގެން" ކަމަށާއި،  ޔާމީން ގަންނަނީ "ވަގަށް ނެގި ފައިސާ އަތުލައިފާނެތީ" ކަމަށެވެ.

"ދިހަހާސް ރުފިޔާއަށް ހިންގަންޖެހޭ ޕްރޮޖެކްޓެއް އޭރު ހިންގަން ހުރި ވެރިމީހާގެ ޖީބަށް ދިހައެއް ލާފަ ޕްރޮޖެކްޓަށް ދިހައެއް. ވީމަ ވިހި ވާނެ އިއްޒަތްތެރި ރައީސް. އެ ކަންކަން ފެންނަން އެބަހުރި. ރައީސް ޔާމީން ޚާއްސަކޮށް ފާހަގަ ކޮށްލަންޖެހޭ. އެތައް މިލިއަން ރުފިޔާއެއް މިހާރުވެސް ދައުލަތުން ނަންގަވައިގެން ރޭގަނޑަށް ހަ މީހުން ލައިގެން ހަ މީހުންނަށް މަހު މުސާރަ ދީގެން އެ ޖަލްސާ އެ ކުރައްވަނީ" ފަލާހު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *