ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މީހުންގެ އަދަދު 12 އަށް

ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މީހުންގެ އަދަދު 12 އަށް

މިރޭ 7:30 ހާއިރު، ގުޅިފަޅު ކައިރީގައި ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓައި ބާރަ މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އެންމެންވެސް އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އަނިޔާވި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ފުލުހުން ބުނެއެވެ.

އަނިޔާވި މީހުންގެ ހާލު ސީރިއަސް ނޫންނަމަވެސް އެކްސިޑެންޓުގައި ދެ ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފުލުހުން ބުނީ އެކްސިޑެންޓްގެ މައްސަލަ އެ އިދާރާއިން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *