ސިޔާސީ މުވައްޒަފުންގެ މުސާރައިގެ 10 ޕަސަންޓު ކުޑަކުރަން ނިންމައިފި

ސިޔާސީ މުވައްޒަފުންގެ މުސާރައިގެ 10 ޕަސަންޓު ކުޑަކުރަން ނިންމައިފި

ސިޔާސީ މަގާމުތަކުގައި ތިއްބެވި މުވައްޒަފުންގެ މުސާރައިން 10 ޕަސަންޓް ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ފަރާތުން މިއަންނަ އަހަރުގެ ބަޖެޓް ހުށަހަޅާއިރު އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މުސާރައާއި ގުޅޭ ގޮތުން ފިޔަވަޅުތައް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުުރުން ހިމެނޭ ކަމަށާއި އެ މުވައްޒަފުންގެ މުސާރައިން 10 ޕަސަންޓް ކުޑަކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން 228 ސިޔާސީ ބޭފުޅަކު މަގާމުން ވަކި ކުރަން ރައީސް މީގެ ކުރިން ނިންމަވާފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *