މުސާރައިގެ 50 ޕަސަންޓު ނުނަންގަވާ ގޮތަށް ރައީސް ނިންމަވައިފި

މުސާރައިގެ 50 ޕަސަންޓު ނުނަންގަވާ ގޮތަށް ރައީސް ނިންމަވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މުސާރައިގެ 50 ޕަސަންޓު ނުނަންގަވާ ގޮތަށް ނިންމަވައިފި އެެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ މުސާރައާއި ގުޅޭ ގޮތުން ފިޔަވަޅުތައް ދެއަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް އާއި ނައިބް ރައީސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން، ރައީސްގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ 100،000ރުފިޔާ އެވެ.

ރައީސް ވިދާޅުވީ، ހަރަދު ކުޑަކުރައްވަން އެމަނިކުފާނު އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި އެމަނިކުފާނުގެ މުސާރައިގެ 50 ޕަސަންޓް ނުނަންގަވާގޮތަށް ހަމަޖައްސަން ދަންނަވާނެ ކަމަށެވެ.

މިއާއެކު އެމަނިކުފާނަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 50،000 ރުފިޔާ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *