ބޭރުގެ އެޑްވައިޒަރުންނާއެކު ކުރިއަށްނުދާން ނިންމުމަކީ ރައީސް އެޅުއްވި ބުއްދިވެރި ފިޔަވަޅެއް: ނަޝީދު

ބޭރުގެ އެޑްވައިޒަރުންނާއެކު ކުރިއަށްނުދާން ނިންމުމަކީ ރައީސް އެޅުއްވި ބުއްދިވެރި ފިޔަވަޅެއް: ނަޝީދު

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ މައްސަލަތައް ޙައްލު ކުރުމުގައި ބޭރުގެ ފާމަކާއެކު ކުރިޔަށްދާން ސަރުކާރުން މަޝްވަރާ ކުރުމަށްފަހު، އެގޮތަށް ކުރިޔަށްނުދާން ނިންމި ނިންމުމަކީ ރައީސް ޑރ. މުޙަންމަދު މުއިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް ކަމުގައި ކުރީގެ ރައީސް އަދި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދަރަނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގައި ލަފާ ދޭން ދިވެހި ސަރުކާރުން ކުރިން ކަނޑައެޅި އެމެރިކާގެ އިންޑިޕެންޑެންޓް އިންވެސްޓްމެންޓް ބޭންކިން ފާމް، ސެންޓަވިއު ޕާޓްނާސްއާއެކުގައެވެ.

އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުންޏާއެކު ބޮޑު އަގުގައި ކުރިޔަށްނުދާން ސަރުކާރުން ނިންމި ނިންމުމަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ބަޔެއް ކުންފުނިތަކުން ދަނީ މާލީ މައްސަލަތައް ދިމާވެފައިވާ ގައުމުތަކުގެ ނާޖާއިޒް ފައިދާތައްވެސް ނަގަމުން ކަމަށެވެ.

"މިފަދަ ޑެޓް އެޑްވައިޒަރުން އަޅުގަނޑުމެންގެ ގައުމުތަކުން ނަގަމުން ދަނީ އިންތިހާއަށް ނާޖާއިޒު ފައިދާ" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން ބުނީ އެމެރިކާގެ ފާމާއެކު ކުރިޔަށްނުދާން ރައީސް ނިންމެވީ، ދާދިފަހުން ބޭރުގެ ގައުމުތަކާއެކު ކުރި މަޝްވަރާތަކަށް ފަހު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *