9 އަހަރުގެ ކުދިން ވޭޕަށް ދެވިހިފާފައި، އެ ކުދިންނަށް އޮޅުވާލައިގެން މަސްތުވާތަކެތި ހުންނަ ވޭޕް ދަނީ ދެމުން

9 އަހަރުގެ ކުދިން ވޭޕަށް ދެވިހިފާފައި، އެ ކުދިންނަށް އޮޅުވާލައިގެން މަސްތުވާތަކެތި ހުންނަ ވޭޕް ދަނީ ދެމުން

ނުވަ އަހަރުގެ ކުދިން ވެސް ވޭޕް ބޭނުން ކުރުމަށް ދެވި ހިފައިފައިވާ ކަމަށާއި އެ ކުދިންނަށް އޮޅުވާލައިގެން މަސްތުވާތަކެތި އަޅައިފައި ހުންނަ ވޭޕް ވިއްކަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ ރާއްޖޭގައި އާ ވައްތަރެއްގެ ޓްރެންޑެއް އާންމުވެފައިވާ ކަމަށެވެ. އިހުސާން ވިދާޅުވީ ގްރޭޑް ތިނެއްގެ ކުދިން ވޭޕަށް ދެވިހިފައި، މަސްތުވާތަކެތި ވޭޕް ތެރެއަށް ލާފައި އޮޅުވާލައިގެން ދެމުންދާ ކަމަށެވެ.

"މިއީ އާދަޔާ ހިލާފު ތަފާތު ޓްރެންޑެއް، އަޅުގަނޑުމެން އާއްމުކޮށް މިކިޔާ މަސްތުވާތަކެތި ބޭނުން ކުރާ އުސޫލުގެ ތެރޭގައި އަޅުގަނޑުމެންނަކަށް ފެނިފައެއް ނެތް، 9 އަހަރުގެ ކުދިން 10 އަހަރުގެ ކުދިން 11 އަހަރުގެ ކުދިން މިގޮތަށް މިކަން ކުރަމުންދާ ތަނެއް މިހާތަނަކަށް،". އިހުސާން ވިދާޅުވި އެވެ.

"އަދި ހަމައެއާއެކު ވޭޕްއާއެކު މަސްތުވާތަކެތި ސްޕްރެޑް ނުކުރާނަމަ، މި ޑިޒިޝަން މިގޮތަށް ނަންގަވާނެ ކަމަށް އަޅުގަނޑަކަށް ހިއެއް ނުވޭ، އަޅުގަނޑު ގަބޫލެއް ނުކުރާނަން، ހަމައެކަނި އެއީ ކަން އޮތް ކަމަކި، އެހެން ނަމަވެސް އާދަޔާ ހިލާފު މިންވަރަކަށް، ރެކޯޑްތަކުން، ސްޓެޓިސްޓިކްސް އިން މީތި މި ފެންނަނީ،، ސްކޫލް ތަކުގެ ތެރޭގައި، ފަސޭހަކަމާއެކު އަގު ހެޔޮކޮށް ޑިސްޓްރިބިއުޝަން ނެޓްވޯކްތައް ހެދިގެން މިކަން ކުރަމުންދާ މަންޒަރު، މަސްތުވާތަކެއްޗަކީ އޭގެ ޒާތުގައި އަގުހެޔޮކޮށް ލިބޭ އެއްޗެއް ނޫން، އެހެން ނަމަވެސް ވޭޕް އިންފިއުޒްޑް މަސްތުވާތަކެތި އެނގިވަޑައިގަންނަވާނެ، ތަންކޮޅެއް އަގުހެޔޮކޮށް އެފޯޑަބަލްކޮށް އެބަ ބަހާ ރާއްޖޭގައި،".

އިހުސާން ވިދާޅުވީ ވޭޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ނާޅައިފިނަމަ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ޖީލެއް ކުރިމަގުގައި ފެނިގެންދާނެ ކަމަށެވެ. ، މި ސަރަހައްދުގައި 11 ގައުމެއް އޮންނައިރު، 8 ގައުމަކުން ވޭޕް މަނާކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވި އެެވެ.

ކުޑަކުދިންގެ މެދުގައި ވޭޕު މަގުބޫލުން ވެފައިނުވާނަމަ ވޭޕް މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުނިންމަވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *