ސަލްމާންޚާނަށް މިފަހަރުދިން މަރުގެ އިންޒާރު: "ދުޝްމަންކަން ނިންމަން ބޭނުމިއްޔާ، ފަސް ކްރޯޑް ރުޕީސްދީ"!

ސަލްމާންޚާނަށް މިފަހަރުދިން މަރުގެ އިންޒާރު: "ދުޝްމަންކަން ނިންމަން ބޭނުމިއްޔާ، ފަސް ކްރޯޑް ރުޕީސްދީ"!

ބޮލީވުޑްގެ އެންމެ މަޝްހޫރު ސުޕަސްޓާރ ސަލްމާން ޚާނަށް އަނެއްކާވެސް މަރުގެ އިންޒާރެއް ދީފިއެވެ.

ފުލުހުން ތުހުމަތު ކޮށްފައިވަނީ މި އިންޒާރަކީ، މީގެކުރިން އެކި ފަހަރުމަތިން ސަލްމާނަށް މަރުގެ އިންޒާރުދިން ލޯރެންސް ބިޝްނޯއީ ގޭންގުން ދީފައިވާ އިންޒާރެއް ކަމަށެވެ.  އެ އިންޒާރުގައި ވަނީ ވަނީ "ދުޝްމަންކަން ނިމުމަކަށް ގެނައުމަށް" 5 ކްރޯޑް ރުޕީސް ދިނުމަ ޑިމާންޑް ކޮށްފައެވެ. އެމީހުން އިންޒާރު ދީފައިވަނީ މުމްބާއީ ޓްރެފިކް ޕޮލިހަށް ފޮނުވި ވަޓްސްއެޕް މެސެޖަކުންނެވެ.

ބިޝްނޯއީ ގޭންގް މެމްބަރުން ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ވަނީ ދާދި ފަހުން މަހާރާޝްތުރާގެ ކުރީގެ ޗީފް މިނިސްޓަރު ބާބާ ސިއްދީއަށްވެސް ހަމަލާދީ މަރާލާފައެވެ. ސަލްމާނަށް އިންޒާރުދިން މެސެޖުގައި ވަނި ބާބާ ސިއްދީގީ އަށްވުރެން ބޮޑު ނުރައްކަލެއް ސަލްމާންއަށް ކުރިމަތިވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުމްބާއީ ޕޮލިހުން ދަނީ އެ މެސެޖުގެ އަސްލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެ އިންޒާރާ ގުޅިގެން ސަލަމާން ދިރިއުޅޭ ގޭގެ ވަށައިގެން ވަނީ ސެކިއުރިޓީ އިތުރު ކޮށްފައެވެ.

މީގެކުރިން ދިން އިންޒާރުތަކާ ގުޅިގެން ސަލްމާން ހުރީ ހައި އެލާޓްގައި ކަމަށާއި، ފަހުގެ މި ހާދިސާގެ ސަބަބުން އޭނާގެ ސަލާމަތާ މެދު ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *