ސެޓްލްމެންޓް ކޮމިޓީގެ ނިންމުންތަކަށް މިއަންނަ މަހު ގޮތެއް ނިންމާނެ: އުޝާމް

ސެޓްލްމެންޓް ކޮމިޓީގެ ނިންމުންތަކަށް މިއަންނަ މަހު ގޮތެއް ނިންމާނެ: އުޝާމް

ކުރީގެ ސަރުކާރުން ބަދަލުގެ ގޮތުގައި އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ ސެޓްލްމަންޓް އެގްރިމަންޓްތައް ބަލައި އެ އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް މިއަހަރުގެ ޑިސެމްބަރުގެ ކުރިން ހާމަކުރާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ސެޓްލްމަންޓް ކޮމިޓީއެއް އުފައްދައިފަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގެން އެ ކޮމިޓީ އުވައިލައިފަ އެވެ. ސެޓްލްމެންޓް ކޮމިޓީން ނިންމި 10 ސެޓްލްމަންޓަކަށް އަމަލު ކުރުން ހުއްޓުވައި އެ ބާތިލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ފަށައިފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި އުޝާމް ވިދާޅުވީ އެއް ބިލިއަން ރުފިޔާގެ ބަދަލުގެ ތެރެއިން ގިނައިން ހުރީ ރަށްތަކާއި ފަޅުތައް ދޫކޮށްފައި ކަމަށާއި އެއިން ކޮންމެ މައްސަލައެއް ވަކި ވަކިން ބަލައި ދިރާސާ ކުރަމުންދާ ކަމަށެވެ. އުޝާމް ވިދާޅުވީ ސެޓްލްމެންޓް ކޮމިޓީން އެ ބައްދަލުތައް ދިނުމަޑް ނިންމައިފައިވަނީ ގާނޫނާހިލާފަށް ކަމަށެވެ.

އެހެންވެ އެ އެގްރިމަންޓްތައް ކެންސަލް ކުރެވޭނެ ގޮތްތަކީ ކޮބާތޯ ބަލައި އެކަން މިހާރު ކުރަމުން މި ދަނީ. ސީދާ ތާރީހެއް ދަންނަވަން ދަތި. އެހެން ނަމަވެސް އަޅުގަނޑު އުންމީދު މި ކުރަނީ، މި ނޮވްމެބަރު މަސް ނިމުމުގެ ކުރިން މި މިކަމުގައި ކޮންމެވެސް ގޮތެއް ނިންމައިދެވޭނެ ކަމަށް،" އުޝާމް ވިދާޅުވި އެވެ.

"އަޅުގަނޑު، ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަަށް ފަހު، ގޯސްކޮށް ކޮށްފައި ހުރި ހުރިހާ ކަމެއް ބަދަލު ކުރާނަން."

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *