ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށް އަހަރަކު 4.5 ބިލިއަން ޑޮލަރު ވަންނަ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ރާއްޖެއަށް ލިބެނީ އެންމެ 2.3 ބިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެމްއޭ)ގައި ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި މުނައްވަރު ވިދާޅުވީ ރާއްޖެއަށް ވަންނަ 4.5 ބިލިއަން ޑޮލަރުގެ ތެރެެއިން ޓެކްސްއާއި އެހެނިހެން ގޮތްގޮތުން ރާއްޖެއަށް ލިބެނީ އެ ފައިސާގެ އެންމެ 23 ޕަސަންޓު ކަމަށެވެ.
"ބޭންކިން ސިސްޓަމު ތެރެއަށް އަޅުގަނޑުމެންގެ ހިސާބުތަކުން މި ފެންނަނީ ކޮންމެ އަހަރަކު، މިސާލަކަށް މިދިޔަ އަހަރު ކަމަށް ބެލިޔަސް ގާތްގަނޑަކަށް އެވްރެޖުކޮށް ޓޫރިޒަމް އިންޑަސްޓްރީއަށް އެބަލިބޭ ގާތްގަނޑަކަށް 4.5 ބިލިއަން ޑޮލަރު. އޭގެ ތެރެއިން ބޭންކިން ސިސްޓަމުގެ ތެރެއަށް މިދިޔަ އަހަރުތެރޭ އިންފްލޯވެފައި މިވަނީ ގާތްގަނޑަކަށް 2.3 ބިލިއަން. އޭގެ ތެރެއިން ހަމައެކަނި 10 އިންސައްތަ މާރުވަނީ." މުނައްވަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ޓޫރިޒަމް އިންޑަސްޓްރީއަށް 2.3 ބިލިޔަން ޑޮލަރު ރާއްޖެއަށް އެތެރެވި ނަމަވެސް އޭގެ ތެރެއިން ބޭންކަށް މާރުކޮށްފައިވަނީ އެންމެ 10 އިންސައްތަ ޑޮލަރު ކަމަށް މުނައްވަރު ވިދާޅުވި އެވެ.
"އަސްލު ހަގީގަތަށް ބަލާއިރު ބޭންކިން ސިސްޓަމުގެ ތެރެއަށް މާރުވަނީ އޭގެ ވަރަށް ކުޑަކުޑަ އިންސައްތައެއް. ގާތްގަޑަކަށް ފަސް އިންސައްތަ. އިންފްލޯގެ ތެރެެއިން 23 އިންސައްތަ އެހެންނަމަވެސް ރިސީވްޑް ޓޯޓަލް އިންޑަސްޓްރީއަލް ބަލާއިރު ފަސް ފަސަންޓު" މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ރާއްޖޭގެ ބޭންކިން ނިޒާމު ކުރިއަރާނީ ކޮންމެވެސް ވަރަކަށް ބޭންކަށް ޑޮލަރު މާރުކުރެވިގެން ކަމަށެވެ.