މިއަހަރުގެ ހަރަދުތައް ހަމަޖެއްސެމަށް ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ

މިއަހަރުގެ ހަރަދުތައް ހަމަޖެއްސެމަށް ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ

މިއަހަރަށް ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓު 5 ބިލިއަންގެ ރޭންޖުގައި ހިފެހެއްޓޭނޭ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި ނަމަވެސް ސީދާ އަދަދެއް ވިދާޅުވާން މިވަގުތު ދަތިކަމަށެވެ.

"ދެން އޭގައި އަޅުގަނޑުމެންނަށް ސަޕްލިމެންޓު ކުރަން ޖެހޭ ސީދާ އަދަދެއް ކަނޑައަޅާ ނިންމާނީ ކެބިނެޓުގެ ވެސް އަދި އިތުރު ލަފާ ހޯދައިގެން އަދި ރައީސުލްޖުމްހޫރިއްޔާގެ ވެސް ލަފަޔާ އެކީގައި. އަދި ހަމަ އޮޑިޓާ ޖެނެރަލްގެ ރިޕޯޓު ވެސް އަޅުގަނޑުމެންނަށް ލިބުނީމަ ފައިނަލް އަޅުގަނޑުމެން ނިންމާލާނީ. އެކަމަކު ހުށަހަޅާނަން،" ޒަމީރު ވިދާޅުވި އެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ 49.9 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. ފަސް ބިލިއަން ރުފިޔާއިން މި ބަޖެޓު ސަޕްލިމެންޓުކޮށްފި ނަމަ، މި އަހަރުގެ ޖުމްލަ ބަޖެޓު 55 ބިލިއަނާ ގާތްކުރާނެ އެވެ. ހަރަދުތައް މި ވަރަށް އިތުރުވީ ނަމަވެސް އާމްދަނީ އިތުރުކުރަން ގެންނަ އެއްވެސް ބަދަލެއްގެ ސަބަބުން މި އަހަރުގެ ތެރޭގައި އާމްދަނީ އިތުރުވާނެ ކަމަކަށް ފިނޭންސުން ނުބުނެ އެވެ.

އާމްދަނީ އިތުރުކުރަން ބޮޑު ކުރާ ޓެކްސްތަކާއި ފީތަކުން އާމްދަނީ އިތުރުކުރަން ހުށަހަޅާފައި ވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *