ދުންފަތާ ދެކޮޅަށް ހަތަރު އަހަރު ދުވަހުގެ މާސްޓާ ޕްލޭނެއް ހަދަނީ، ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަށްތަކަށް އިނާމު ލިބޭނެ!

ދުންފަތާ ދެކޮޅަށް ހަތަރު އަހަރު ދުވަހުގެ މާސްޓާ ޕްލޭނެއް ހަދަނީ، ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަށްތަކަށް އިނާމު ލިބޭނެ!

ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ހާސިލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓާ ޕްލޭނެއް އެކުލަވައިލައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް އެގޮތަށް ނިންމަވާފައިވަނީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ކަމަށެވެ. އެ ކެބިނެޓް ބައްދަލުވުމުގައި ރައީސް ނިންމެވީ އެ މާސްޓާ ޕްލޭން ތައްޔާރުކޮށް މިމަހުގެ 27 ގައި ބާއްވާ ކެބިނެޓް ބައްދަލުވުމަށް ހުށަހަޅުއްވަން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކެބިނެޓް ބައްދަލުވުމުގައި ރައީސް ވަނީ ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރުފުކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނައިގެން ދުންފަތާ ދެކޮޅު މާސްޓާ ޕްލޭން ތައްޔާރުކުރުމަށް ނިންމަވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން މާސްޓާ ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފަރުވާ، ކޮންމެ ރަށެއްގެ ސިއްހީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުއްވުމަށް ވެސް ރައީސް ވަނީ ނިންމަވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *