ޑްރަގް އެޑިކްޝަންގެ ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނަށް އިތުރު ގާނޫނީ ފިޔަވަޅު އަޅަނީ

ޑްރަގް އެޑިކްޝަންގެ ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނަށް އިތުރު ގާނޫނީ ފިޔަވަޅު އަޅަނީ

މަސްތުވާތަކެތީގެ މައްސަލަތަކުގައި ޑުރަގް ކޯޓުގެ ދަށުން ފަރުވާއަށް ހުކުމްކޮށްފައިވާ ފަރާތްތަކުން، ހުކުމާ އެއްގޮތަށް ފަރުވާއަށް އެއްބާރުލުން ނުދޭކަމުގައިވަނީނަމަ ގާނޫނީ ފިޔަވަޅު އެޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ އެކަމާ ގުޅޭ މަޝްވަރާކޮށްފައިވަނީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އާއި ޑްރަގް ކޯޓާ ދެމެދު ކަމަށެވެ. އެ މަޝްވަރާގެ ބައްދަލުވުމުގައި ވަނީ އެންޑީއޭގެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، އެންޑީއޭގެ ޓެކްނިކަލް ކޮމިޓީއާއި ޑްރަގް ކޯޓާ ގުޅިގެން ކުރާ މަސައްކަތްތަކުގައި އެދެވޭ ނަތީޖާ ނެރުމަށްޓަކައި ދެފަރާތުން ކުރަންޖެހޭ ކަންތައްތަކާ މެދު އިތުރަށް މަޝްވަރާކުރުމަށް ނިންމައިފައި ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން އަންނަނީ ކ. ކާށީދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައި ޑްރަގް ރިހިބިލިޓޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ ޑްރަގް އެޑިކްޝަނަށް ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މެލޭޝިޔާގެ ސޮލޭސް އޭޝިއާ ސީޑީއެން ބީއެޗްޑީއާއެކު އެމްއޯޔޫގައި ސޮއިކޮށް، އެންޑީއޭން ހުއްދަ ދީފައިވާ ސެންޓަރެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.

މެލޭޝިއާގެ އެ އެޖެންސީން ދެމުންގެންދާ ރިމާންޑް ސެންޓަރުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، އެންޑީއޭގެ ރެޒިޑެންޝަލް ފަރުވާގެ ހިދުމަތްދެވޭ ހުރިހާ މަރުކަޒުތަކުން ރިމާންޑް ސެންޓަރުގެ ހިދުމަތް ދެވޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

އަދި ވަނީ ގއ. ދާންދޫ ސިއްހީ މަރުކަޒާއި އެންޑީއޭ ގުޅިގެން އެރަށުގައި ޑިޓޮކްސްގެ ޚިދުމަތް ފަށައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *