ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ފަށަނީ

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ފަށަނީ

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފަށައިފި އެވެ.

ބަންޑަރަ ނައިބު އޮފީހުން އެ މަސައްކަތް ފަށައިފައިވާއިރު ހައި ކޯޓުން އިއްޔެ ވަނީ ހުޅުމާލޭގައި ވަކި ކޯޓެއް ހުރުމަކީ އޭގެ ސަބަބުން އެކި ގޮންޖެހުންތައް ދިމާވާ ސަބަބެއް ކަަމަށް ބުނެފަ އެވެ. އަދި އެކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށް ބުނެފަ އެވެ.

ހުޅުމާލެ އަކީ މާލޭގެ އަވަށަކަށް ވާއިރު މާލޭގައި ހުންނަ ސުޕީރިއާ ކޯޓުގެ އިތުރުން ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ހުރުމަކީ ކޯޓުތަކުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ބައެއް ގާނޫނީ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

މި މައްސަލައާ ގުޅިގެން ހިނގި ބަހުސެއްގެ ތެރެއިން 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ސައްހަ ކޯޓެއް ކަމަށެވެ.

އެކަމަކު އޭގެފަހުން 2022 ވަނަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެ ކޯޓު އުވާލުމުގެ މަސައްކަތް ކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *