2025 ވަނަ އަހަރު ގްރޭޑް 1 އަށް ވަންނަން ހުޅުވާލައިފި

2025 ވަނަ އަހަރު ގްރޭޑް 1 އަށް ވަންނަން ހުޅުވާލައިފި

އަންނަ 2025 ވަނަ އަހަރު ގްރޭޑް 1 އަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އެޑިޔުކޭޝަން މިނިސްޓްރީން ފުރުޞަތު ހުޅުވާލައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިހާރު ސްކޫލްތަކުން ފޯމު ދޫކުރަމުންދާނެ ކަމަށާއި، މާލެ ސަރަހައްދުގެ ސްކޫލްތަކަށް ވައްދަން ފޯމު ހުށަހަޅަންޖެހޭނީ އޮންލައިންކޮށް ކަމަށެވެ. އެއީ https://myoffice.moe.gov.mv/forms/id/2 އަށެވެ.

މިނިސްޓްރީން ބުނީ ގްރޭޑް 1 ގެ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަސް ކަމަށެވެ. މިނިސްޓްރީން ބުނީ ނޮވެމްބަރު 15 ގެ ފަހުން ފޯމު ހުށަހެޅުމުގެ ފުރުޞަތު ބަންދުވާނެ ކަމަށާއި އެ މުއްދަތުގެ ފަހުން ފުރުޞަތު ދެވެން ނޯންނާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ ގްރޭޑް 1 ން ޖާގަ ދޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ކުދިންނަށް ކަމަށެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. މިހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެއީ މި ސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުމަށް ގެނައި ބަދަލުގެ ސަބަބުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *