ވޭޕް މަނާކުރުމާ ގުޅޭ އިސްލާހުތައް މިހަފުތާގައި މަޖިލީހަށް ހުށަހަޅާނަން: ބަންޑާރަ ނައިބު

ވޭޕް މަނާކުރުމާ ގުޅޭ އިސްލާހުތައް މިހަފުތާގައި މަޖިލީހަށް ހުށަހަޅާނަން: ބަންޑާރަ ނައިބު

ރައްޔިތުންގެ މަޖިލީހަށް މިހަފުތާ ތެރެއިގައި ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅޭ އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޅަދަރިންނާއި ޒުވާނުންނާއި އަދި ގައުމުގެ ހައްގުގައި ވޭޕް މަނާ ކުރުމަށް ރައީސް ނިންމެވި ނިންމުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ނިންމުމާއެކު ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށާއި އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ހުށަހަޅަން ޖެހޭ އިސްލާޙުތައް މިހަފުތާ ތެރެއިގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕް ކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެ ކުރުން މަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

ވޭޕް މަނާކުރުމަކީ ދުންފަތުގެ ބާވަތަކާ ދެކޮޅަށް މި ފަހުގެ ތާރީޚުގައި ރާއްޖޭގެ ރައީސަކު އެޅުއްވި އެންމެ ހަރުކަށި ފިޔަވަޅެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *