ރޯހިތު ހޯދަން އުތުރުތިލަފަޅަށް ދިޔަ މީހުންނަށް އުތުރުތިލަފަޅުގެ އެއްބަސްވުން މިހާރު އޯކޭ: އިބޫ

ރޯހިތު ހޯދަން އުތުރުތިލަފަޅަށް ދިޔަ މީހުންނަށް އުތުރުތިލަފަޅުގެ އެއްބަސްވުން މިހާރު އޯކޭ: އިބޫ

2023 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އިންޑިޔާގެ ސިފައިން ހަތިޔާރާއެކު ރާއްޖޭގައި ތިބިކަމަށް ބުނެ "ރޯހިތު ހޯދަން" އުތުރުތިލަފަޅަށް ދިޔަ މީހުން މިހާރު ގެއްލިފައިވާ ކަމަށާއި އަދި އެމީހުންނަށް މިހާރު އުތުރުތިލަފަޅުގެ އެއްބަސްވުންވެސް އޯކޭވެއްޖެ ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މިއަދު އޮތް އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އުތުރުތިލަފަޅަށް ރޯހިތު ހޯދަން ބަޔަކު އޭރުދިޔައިރު، މިހާރުގެ ސަރުކާރުންވެސް އިންޑިޔާއާއެކު އޮތީ ހަމަ ކުރިންވެސް އޮތް އެގްރީމެންޓް ކަމަށެވެ. އެ އެގްރީމެންޓް ތަކުގެ އަކުރަކަށް އަދި ފިއްޔަކަށްވެސް ބަދަލު އައިސްފައިނުވާ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އޭރު އިންޑިޔާއާ ދެކޮޅަށް ތެދުވި މީހުންނަށް މިހާރު ހުރިހާ ކަމެއް އޯކޭ ވެއްޖެ ކަމަށެވެ. އޭގެން ހާމަވީ އެއްޗަކީ އޭރު ވެރިކަން ހޯދަންވެގެން ހެދީ ހުސް ދޮގުކަން ކަމުގައި ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އޭރު އިދިކޮޅުގައި އޮވެ މި ސަރުކާރުގެ ވެރިން ދެކޮޅުހެދި ކަންކަމުގެ ތެރެއިން، އިންޑިޔާއިން ތަރައްގީކުރާ ހަނިމާދޫ އެއަރޕޯޓާއި، އިންޑިޔާގެ އަސްކަރިއްޔާގެ މަރުކަޒެއް ގޮތުގައި ސިފަކުރި އުތުރު ތިލަފަޅުގެ އެއްބަސްވުމާއި އައްޑޫގައި އިންޑިޔާގެ ކޮންސުލޭޓް އޮފީހެއް ގާއިމް ކުރުންވެސް މިހާރު މި ސަރުކާރަށް އޯކޭވެ އެހުރިހާ ކަމެއް ކުރިޔަށް ގެންދަން އެއްބަސްވެފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *