ރަޝިޔާގެ ރައީސް ޕުޓިން އާއި އިރާނުގެ ރައީސް މަޙްމޫދު ބައްދަލު ކުރައްވައިފި

ރަޝިޔާގެ ރައީސް ޕުޓިން އާއި އިރާނުގެ ރައީސް މަޙްމޫދު ބައްދަލު ކުރައްވައިފި

ރަޝިޔާގެ ރައީސް ވްލަދިމިއާ ޕުޓިން އިރާނުގެ ރައީސް މަހްމޫދު ޕެޒެޝްކިއަންއާ ބައްދަލު ކުރައްވައިފިއެވެ.

ދެ ރައީސުން ބައްދަލު ކުރެއްވީ، އުޒްބެކިސްތާނުގައި ބޭއްވުނު ސަމިޓެއްގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، އަސްކަރީ އަދި އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި، އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތަކާ ގުޅޭގޮތުންވެސް ދެ ލީޑަރުން މަޝްވަރާކުރެއްވިއެވެ.

ރަޝިޔާއާއި އިރާނުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ވަރަށް ގާތްކަން ފާހަގަ ކުރެވެއެވެ. ޔޫކްރެއިންގެ ހަނގުރާމައިގައި އިރާނުން ވަނީ އެމެރިކާގެ އިންޒާރުތަކަށް އަޅައިނުލައި ރަޝިޔާއަށް ޑްރޯނާއި މިސައިލް ފޯރުކޮށްދީފައެވެ. އަދި ރަޝިޔާއިންވެސް އިރާނަށް އަސްކަރީ ޖެޓާއި ދިފާއީ ސިސްޓަމްތައް ފޯރުކޮށްދެމުން ގެންދާކަން ފާހަގަކުރެވެއެވެ.

އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ދެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަ ކުރެވެއެވެ. މި ބައްދަލުވުމަކީވެސް މި ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *