އީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިއަދު ނިޔަލަށް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރުޕަދީ މުރުމޫގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުގައި ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފަ އެވެ.
އެ މަޝްވަރާއަށްފަހު ރާއްޖެއާއޮ އިންޑިއާއާ ދެމެދު ވަނީ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
– ކޯޕަރޭޝަން ބިޓުވީން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްއާއި ރާޝްތްރިޔާ ރަކްޝާ ޔުނިވާސިޓީއާ ދެމެދު އެކުލަވާލި އެއްބަސްވުން
– އެކްސްޓެންޝަން އޮފް ދަ މެމޮރަމްޑަން އޮފް އަންޑަސްޓޭޏްޑިން ބިޓްވީން މޯލްޑިވްސް އެންޑް މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް
– ކޮރަޕްޝަން މަދުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އޮފް އިންޑިއާ ފޯ ބައިލެޓްރަލް އާ ދެމެދު އެކުލަވާލި އެއްބަސްވުން
– ރާއްޖޭގެ 200 ޖުޑީޝަލް އޮފިސަރުން ތަމްރީންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނާއި ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އޮފް އިންޑިއާ ދެމެދު އެކުލަވާލި އެއްބަސްވުން
– 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްޕޮޕް އެއްބަސްވުން
މި ދަތުރުފުޅުގެ ތެރެއިން ވަނީ ރާއްޖެއަށް އިންޑިއާގެ ރުޕޭ ކާޑު ތައާރަފުކޮށްފަ އެވެ. އަދި
މީގެ އިތުރުން ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ އިންޑިއާގެ ރުޕޭ ކާޑު ރާއްޖެއަށް ތައާރަފުކޮށްފައެވެ. އަދި ވަނީ އިންޑިއާ ސަރުކާރުގެ އެހީގައި ހއ. ހަނިމާދޫ އެއާޕޯޓުގައި ތަރައްގީ ކުރި އާ ރަންވޭ އިފުތިތާހުކޮށްފަ އެވެ. މީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިންޑިއާގެ އެހީގައި އިމާރާތްކުރި 700 ހައުސިން ޔުނިޓު ދިވެހި ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ.
މޯދީއާއެކު ބޭއްވި މަޝްވަރާގެ ބައްދަލުވުމުގައި ރައީސް ވަނީ މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ. މޯދީ ވަނީ އެ ދައުވަތު ގަބޫލުކުރައްވައިފަ އެވެ.