އަނިޔާތަކެއް ލިބިފައި އޮތް މީހަކު މާލޭ މަގުމަތިން ފެނިއްޖެ

އަނިޔާތަކެއް ލިބިފައި އޮތް މީހަކު މާލޭ މަގުމަތިން ފެނިއްޖެ

މަޖީދީ މަގުގައި އަނިޔާތަކާއެކު އޮތް ދިވެހި ފިރިހެނަކު ރޭ ދަންވަރު ފެނިގެން، އައިޖީއެމްއެޗްއަށް ގެންގޮސް އޭނާއަށް ފަރުވާ ދީފި އެވެ.

ފުލުހުން މިއަދު ބުނީ މަޖީދީ މަގު "ސޮރީ ބޯއިސް" ފިހާރަ ކުރިމަތީގައި އަނިޔާތަކެއް ލިބިފައި އޮތް ފިރިހެނަކު އޮތް ކަމަށް ރޭ 1:25 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އޭނާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދިނުމަށްފަހު، މިއަދު 6:19 ހާއިރު ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ މަގުމަތީގައި އޮތް މީހެއް ނެގުމަށް ދެ ފުލުހަކު ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އަދި، ކައިރީގައި އިތުރު ފުލުހަކު ހުރިއިރު، އަށިގަނޑެއް ވެސް ބަހައްޓާފައި ހުންނަ މަންޒަރު ފެނެއެވެ. ބެލެވޭ ގޮތުގައި ފުލުހުން މަސައްކަތްކުރަމުން ދިޔައީ އަނިޔާވެފައި އޮތް މީހާ އެންބިއުލާންސަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *