މުމްބާއީގައި އޮތް ފޯރަމްގައި އިންޑިޔާގެ ފިލްމީ ދާއިރާގެ ބަޔެއް ފަރާތްތަކާއެކު ރައީސް ވާހަކަފުޅު ދައްކަވާލައްވަނީ

އަންނަ އަހަރު ވެލާނާ އެއާރޕޯޓާއި ހަނިމާދޫ އެއާޕޯޓަށް ރަނގަޅު ބަދަލުތަކެއް ގެނެވޭނެ: ރައީސް

އަންނަ އަހަރު ވެލާނާ އެއާރޕޯޓާއި ހަނިމާދޫ އެއާޕޯޓަށް ރަނގަޅު ބަދަލުތަކެއް ގެނެވޭނެ: ރައީސް

2025 ވަނަ އަހަރު، ވެލާނާ އިންޓަނޭޝަނަލް ވައިގެބަނދަރާއި، ހަނިމާދޫ ވައިގެބަނދަރަށްވެސް އެދެވޭ ބަދަލުތަކެއް ގެނެވޭނެކަމަށް ދެކިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު މިހާރު އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި، މުމްބާއީގައި ބޭއްވި "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ރާއްޖޭގައި ފަހި ފުރުޞަތުތަކެއް އެބަހުރި ކަމަށެވެ. އަދި ދިވެހިރާއްޖޭގައި މިހާރު ފަހިވެފައިވާ އިންވެސްޓްމަންޓް ފުރުޞަތުތަކަކީ، އިޤްތިޞާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ކުރިއެރުން ގެނައުމަށް ދިވެހިރާއްޖެ ދެކޭ ތަޞައްވުރަށް ބާރުދޭ ފަދަ ފުރުޞަތުތަކެއް ކަމުގައެވެ.

މީގެތެރެއިން، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ތަކުގައްޔާއި، ލަގްޒަރީ ޕްރައިވެޓް އައިލެންޑް ތަކުގައްޔާއި، ތިމާވެއްޓާ ރަޙުމަތްތެރި ރިސޯޓާއި އިންޓަގްރޭޓަޑް ޓުވަރިޒަމުގެ މަޝްރޫޢު ތަކުގައި އިންވެސްޓުކުރުމަށް ހުރި ފުރުޞަތުތައް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން، ބައްދަލުވުންތަކާއި، އިންސެންޓިވްތަކާއި، މަހާސިންތާތަކާއި، މައުރަޒުތަކަށް ޚާއްޞަ ނުވަތަ "މައިސް ޓުވަރިޒަމް" ފަދަ ފަތުރުވެރިކަމުގެ އައު ބާވަތްތައް ތަޢާރަފުކުރުމަށް އަމާޒުކުރައްވައިގެން، ފަތުރުވެރިކަމުގެ ލާސާނީ ތަޖުރިބާތަކެއް ފަރުމާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *